މުޙައްމަދު އިބްރާހިމް
16 June 2019
މަޤްބޫލު ޙަބަރު

އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން ގެންގުޅޭ ތަސައްވަރުގެ ދަށުން އެ ސިޓީގައި 414 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ބޭނުންވާ ފައިސާ ހޯދަން ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާ، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019ގެ ވެބްސައިޓުގައި ބުނާގޮތުން ނޫ އިގްތިސާދު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ 414 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.3 ބިލިއަން ދިވެހި ރުފިޔާ)ގެ ދަށުން އައްޑޫ ސިޓީގައި 14 މަޝްރޫއެއް ހިންގާނެ ކަމަށެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ސަރުކާރުން ބުނީ، ހަ އަވަށުގެ މައްޗަށް އެކުލެވޭ އައްޑޫ ސިޓީގެ މައި އިޖްތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކަށް އެއްބާރުލުން ދީގެން އެ ސިޓީއަކީ ވިޔަފާރި އާއި ތަރައްގީގެ މައި ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.

އެގޮތުން ސަރުކާރުން ފައިސާ ހޯދަން ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅާފައިވާ މަޝްރޫއުގެ ތެރެއިން ހިންގަން ނިންމާފައިވާ ކަންތައްތަކަކީ:

– ދިރިއުޅުމަށާއި، ވިޔަފާރިއަށް އަދި އިންޑަސްޓްރިއަލް ބޭނުމަށް އައްޑޫ ސިޓީއަށް ބިން އިތުރުކުރުން، (ގާތްގަނޑަކަށް 203 ހެކްޓަރު)

– އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަތަރު ފަޅަކުން ގާތްގަނޑަކަށް 25 ހެކްޓަރު ހިއްކުން

– އައްޑޫ ސިޓީގައި އާ މަގުތަކެއް ހަދައި، މިހާރު ހުރި މަގުތައް އެއްވަރުކުރުމާއި މަރާމާތުކޮށް، ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމްތައް ގާއިމްކުރުން

– ހިތަދޫ ރީޖަނަލް ޕޯޓްގެ ޖާގަ އިތުރުކޮށް ތަރައްގީ ކުުރުން

– މަރަދޫ- ފޭދޫ އަދި ހުޅުދޫ- މީދޫގެ ހާބަރު ތަރައްގީ ކުރުން

– ހައުސިން ޔުނިޓްތައް އިމާރާތްކުރުން

– ހުޅުދޫ-މީދޫގައި ހުރި ފިޝަރީޒް ކޮމްޕުލެކްސް ބޮޑުކޮށް، ހިތަދޫގައި ހުރި އައިސް ޕުލާންޓް ތަރައްގީކޮށް މަސް ބަންދުކުރާ ފެސިލިޓީތައް ގާއިމްކުރުން

– ޔޫތް ސެންޓަރުތަކާއި، ސްޓޭޑިއަމްތަކާއި ރިހެބިލިޓޭޝަން ސެންޓަރަކާއި އިސްލާމިކް ސެންޓަރެއް ގާއިމްކުރުން

– ޕަވާރހައުސް އަދި ޕަވާ ގްރިޑް އިތުރަށް ތަރައްގީކޮށް އިޔާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުން

– ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީކުރުން

– ސަރުކާރު އޮފީސް ކޮމްޕުލެކްސް އެއް އިމާރާތްކުރުން

– އައްޑޫ ނޭޗަރ ޕާކް އަކާއި ބަގީޗާއެއް ތަރައްގީ ކުުރން

– ކްލައިމެޓް ރިސާޗް ފެލިސިޓީއެއް ގާއިމްކުރުން

– ދާރުލް އާސާރަކާއި ސަގާފީ އަވަށެއް ތަރައްގީ ކުރުން

Leave a Reply

Your email address will not be published.

haftha.mv ©