މުޙައްމަދު އީމާން
16 June 2019
މަޤްބޫލު ޙަބަރު

ލ.  ގަމުގައި މީހަކު ރަހީނުކޮށްގެން އުޅުނު މައްސަލާގައި ހައްޔަރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފަޒީލްގެ މައްޗަށް ދައުވާ ކުރަނީ މިދިޔަ މަހު ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8900 ރުފިޔާ ފޭރިގަނެ ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ރަހީނުކުރި މީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރިގެން މައްސަލައިގައެވެ.

އެ މައްސަލާގައި ފަޒީލު ހައްޔަރުކުރީ އެކަން ކުރުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ.

ފުލުހުން ބުނީ، ފަޒީލުގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި އޭނާއަށް ދައުވާކުރަން ޕީޖީއަށް ފޮނުވީ މިއަދު ކަމަށެވެ.

ލ. ފޮނަދޫން ޑިންގީއެއްގައި ދަނިކޮށް އައިމިނަތު ޝިމާ ގެއްލުނު މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ފަޒީލް އަކީ މާރާމާރީ ހިންގުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަ ޒުވާނެކެވެ.

މީހަކު ރަހީނުކުރި މައްސަލައެއްގައި ފަޒީލްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، މީގެ ކުރިން ވެސް މީހަކު ރަހީނުކުރި މައްސަލައެއްގައި އޭނާ ހައްޔަރުކުރިއެވެ.

އެފަހަރު ހައްޔަރުކުރީ ޝިމާގެ އަންހެން ކޮއްކޮ ރަހީނު ކޮށްގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިންނެވެ. ނަމަވެސް އެ މައްސަލާގައި އޭނާ ދޫކޮށްލިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©