މުޙައްމަދު އިބްރާހިމް
16 June 2019
މަޤްބޫލު ޙަބަރު

ހާބަރު ފުޑްކޯޓުގެ އައުޓްލެޓެއް ކުއްޔަށް ހިފުމަށްފަހު އެތަނަށް ދައްކަންޖެހޭ ކުލި ނުދައްކައިގެން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ފުޑްކޯޓުގެ އައުޓްލެޓްތައް ބަލަހައްޓާ އެސްޓީއޯއިން ނިހާނުގެ މައްޗަށް ކުރި ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު ސިވިލް ކޯޓުގައި ވަނީ ބާއްވައިފައެވެ. ނަމަވެސް އެ އަޑުއެހުމަށް ނިހަން ހާޒިރުވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕީއެންސީގެ ނައިބް ރައީސް ނިހާންގެ މައްޗަށް އެސްޓީއޯއިން ދައުވާ ކުރަނީ ފުޑްކޯޓުގެ ޔުނިޓް 22 ކުއްޔަށް ހިފުމަށްފަހު އެތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ އަހަރެއް ވެގެން ގޮސްފައިވާތީ އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނފައިސާ ހޯދުމަށެވެ.

އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެ ޔުނިޓަށްވާ އެއްވެސް ފައިސާއެއް ނިހާން ދައްކާފައިނުވާ ކަމަށެވެ.

އެގޮތުން ފުޑްކޯޓުގެ ޔުނިޓް 22 އަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި 75،945 ރުފިޔާ ދައްކަންޖެހޭއިރު ނުދައްކާދިޔަ މަސްތަކަށް އެރި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީކުރި ހާބަރު ފުޑްކޯޓުގެ އައުޓްލެޓެއް ނިހާން ކުއްޔަށް ހިފައިގެން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާއިރު، އޭރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭބޭފުޅުންނަށް އެތަނުގެ ޔުނިޓްތައް ކޮރަޕްޝަންގެ ތެރެއިން ދީފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©