މުޙައްމަދު އިބްރާހިމް
16 June 2019
މަޤްބޫލު ޙަބަރު

ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ބަޔަކު މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ ރިިޕޯޓެއް އިއްޔެ ހެނދުނު ލިބުނު ކަމަށެވެ. އަދި އެތަނަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެ މީހުންގެ ދެމެދު ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއްކަން ފަހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ފިރިހެން މީހާގެ ކުރި އަނިޔާގެ ސަބަބުން އަންހެން މީހާގެ އަތަށާއި ބޮލަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށާއި އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެން މީހާއަށް އަނިޔާކުރީ މަގުމައްޗަށް ނެރުމަށްފަހު އެވެ. އަދި އޭނާގެ ބޯ ފަޅާލައި ޖިސްމާނީ އަދި ޖިންސީ އަނިޔާތަކެއް އެ އަންހެން މީހާއަށް ދީފައިވާ ކަމަށްވެއެވެ.

ފުލުހުން އިތުރަށް ބުނީ، ފިރިހެން މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©