ނަސްވާ ހަސަން
30 June 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އެ ކޮމިޝަނުގެ މެމްބަރުކަމުން އަމިއްލަ އަށް  އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

5 އޭޕްރިލް، 2016 ވަނަ އަހަރު އެ ކޮމިޝަނަށް އައްޔަންކުރި ނަބާހު މަގާމުން ވަކިވެވަޑައިގަތް ސަބަބެއް ނޭނގެ އެވެ.

ނަބާހު އިސްތިއުފާ ދެއްވާފައިވާއިރު، ބްރޯޑްކޮމްގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އިސްމާއިލް ސޮފްވާންވެސް ވަނީ މިމަހުގެ ތެރޭގައި ސިއްހީ ފަރުވާއެއް ކުރަން ޖެހުމުގެ ސަބަބުން އިސްތިއުފާ ދެއްވާފައި އެވެ.

ސޮފްވާން އިސްތިއުފާ ދެއްވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކޮމިޝަނުގެ ވަޒީފާއަށް ނުނުކުމެ ހުންނެވުމުގެ ސަބަބުން އެ ކޮމިޝަނުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published.

haftha.mv ©