ނަސްވާ ހަސަން
01 July 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އެ އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ.

އޭގެ އިތުރުން ދާއިމީ އަލީ އާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ، އަދަދު އިތުރުކުރަނީ 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމުގެ ގޮތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކޮށް، ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©