ނަސްވާ ހަސަން
01 July 2019
މަޤްބޫލު ޙަބަރު

ފ. މަގޫދޫ ކައުންސިލް އިދާރާ ބެލެހެއްޓުމަށް އިންނަ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެ ތަނުގެ ތިޖޫރި ފަޅާލައިގެން ވައްކަން ކޮށްފި އެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، އެމީހުން ވަންކަން ކޮށްފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި އެމީހުން ވަނީ ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން އިދާރާގެ ފަރުނީޗަރު ތަށްބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަމަށާއި ތަނުގައި ހުރި ލިޔެކިޔުންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ.

އަދި ސެކިއުރިޓީ ގާޑު ބަނުމަށްފަހު އޭނާ އަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިިދާޅުވީ ތިޖޫރީގައި އޮންނާނީ، ދެތިން ހާސް ރުފިޔާއެއް ކަމަށާއި ނަމަވެސ އޮފީހަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައި ހުރި ކަމަށެވެ.

ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©