ނަސްވާ ހަސަން
01 July 2019
މަޤްބޫލު ޙަބަރު

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ލިބުނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އޭނާއަށް މައާފު ދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ލުތުފީގެ މައްސަލައިގައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ، ނޮވެމްބަރު 3 ގެ ތަހުގީގަށް އޭނާ ވެސް ގެންދިޔަ ކަމަށާއި، އޭރު އޭނާ ތަހައްމަލުކުރި އަނިޔާ ފެނިފައިވާ ކަމަށެވެ.

އަދި ލުތުފީ އަކީ މިހާރު 70 އެއްހާ އަހަރު ވެފައިވާ މުސްކުޅި، ބަލި މީހެއް ކަމަށާއި ލުތުފީއަށް ކުރި ޝަރީއަތް އިންސާފުވެރި ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

އަދި ލުތުފީ ވަނީ ޖަލުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި ކަމަށާއި ގާތްގަނޑަކަށް އަށް އަހަރު ވަންދެން އަމިއްލަ ގައުމަށް ނާދެވި ހުރުމަކީ ޖަލެއްގައި އުޅެން ޖެހުން ކަހަލަ ކަމެއްގެ ގޮތުގައި ޝަރީފް ވިދާޅުވި އެވެ.

“އޭނާ ޖަމުގައި ހޭދަކުރި މުއްދަތާއި ބާކީ އޮތް މުއްދަތާއި، އޭނާއަށް ހުކުމް ކުރެވުނު ގޮތާއި މި ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު އޭނާއަށް މައާފު ދިނުމަކީ އެންމެ ރަނގަޅު، އެންމެ މާތް ގޮތް،” ލުތުފީއަށް މައާފު ދިނުމަށް ގޮވާލައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ނޮވެންބަރު 3 ގެ ހާދިސާގައި ޕްލޮޓް ޖަމާއަތާ ބައިވެރިވެގެން ބަގާވާތްކުރުމަށް އޭނާ ރާއްޖެ ކަމަށެވެ. ނަމަވެސް 19 ދިވެއްސަކު ޝަހީދުކޮށްލީ ސީދާ ލުތުފީކަން އެނގޭ ނެތް ކަމަށާއި އެއީ ސީދާ މީހުން މެރި މީހެއް ނޫންކަމަށް ވިދާޅުވެ ޝަރީފް ވަނީ ލުތުފީގެ ދިފާއުގައި ބަހުސްކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©