ނަސްވާ ހަސަން
01 July 2019
މަޤްބޫލު ޙަބަރު

ސަރުކާރުގެ ސިޔާސަތުގައިވާ “ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން” ދެމެހެއްޓާ ކޮރަޕްޝަން ހުއްޓުވުމަށް ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެނަކަ ހިންގާ ޕޯޓްސް ކޮމްޕްލެކްސް އިމާރާތުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މަގާމުގައި ދެމިހުންނެވިހާ ހިނދަކު ވައްކަމެއް ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުކުރަން މުވައްޒަފުންގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

އަދި މިއަދު ސޮއިކުރި އިގުރާރާއި އެއްގޮތަށް އަމަލީގޮތުން އެކަން ސާބިތުކޮށްދިނުމަށްވެސް މުވައްޒަފުންގެ އަރިހުން ސައީދު ވަނީ އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ ފުރައްސާރަ އަށް ބެލުމެއްނެތި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް ދެވެންހުރި އެންމެ ރަނގަޅު ގޮތުގައި ދާނީ ކުރިއަށް ކަމަށް ސައީދު ވިދާޅުވި އެވެ.

އެ އިގުރާރުގައި ފެނަކައިގެ ހިދުމަތް ދެމުން އަންނަ 153 ރަށުގައި މަސައްކަތްކުރާ 2800 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައި ވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©