މުޙައްމަދު އީމާން
01 July 2019
މަޤްބޫލު ޙަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މިއަދު ސޮއިކުރީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ އެއްބަސްވުމަކާއި ދެގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެވޭނެ ފްރޭމްވޯކެއް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ.

ސިންގަޕޫރުގެ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި އެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ސިންގަޕޫރުގެ ބޮޑުވަޒީރު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިދިޔަ ހޮނިހިރު ދުވަހު ސިންގަޕޫރަށް ފެއްޓެވި މި ދަތުރުފުޅަކީ ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް ސޯލިހު ސިންގަޕޫރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

Leave a Reply

Your email address will not be published.

haftha.mv ©