މުޙައްމަދު އަންވަރު
02 July 2019
މަޤްބޫލު ޙަބަރު

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރާޖަޕަކްސަ މިއަދު ރާއްޖެ ވަޑައިގަތް ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި ކަމެއް އަދި އަމިއްލަ ދަތުރުފުޅެއްގައި ކަމެއް ކަށެވަރެއް ނުވެ އެވެ.

ރާޖަޕަކްސަ ރާއްޖެ ވަޑައިގެން، އެއާޕޯޓުން ސީޕްލޭނަށް އަރައިވަޑައިގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މީހަކު ވަނީ އާންމުކޮށްފަ އެވެ. ބެލެވޭ ގޮތުގައި ރާޖަޕަކްސަ ރާއްޖެ ވަޑައިގަތީ ޗުއްޓީއަކަށެވެ.

ދާދިފަހުން ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސް ވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ދަތުރުގައި ވަނީ ސަރުކާރާއި ސިޔާސީ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©