މުޙައްމަދު އަންވަރު
02 July 2019
މަޤްބޫލު ޙަބަރު

އދ. އޮމަދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތަކުރާރުކޮށް ބިރު ދެއްކި މައްސަލައެއްގައި އެ ރަށު ކައުންސިލުގެ ރައީސް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑީއާއިން ބުނީ ތަކުރާރުކޮށް ބިރުދެއްކި މައްސަލައެއްގައި އދ. އޮމަދޫ އިން އުމުރުން 41 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބިރު ދައްކައިގެން ހައްޔަރު ކޮށްފައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އަދުނާނު އަބްދުﷲ އެވެ. އެ މައްސަލަ ޖެހުނީ އޭނާގެ އެއް މަސް ވެފައިވާ ދަރިފުޅަށް، އެ ކުއްޖާގެ މަންމަގެ އައިޑީކާޑު ބޭނުންކޮށްގެން އާސަންދަ ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށް ވަނީ އެނގިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©