ނަސްވާ ހަސަން
02 July 2019
މަޤްބޫލު ޙަބަރު

ފ. މަގޫދޫ ކައުންސިލް އިދާރާ ބެލެހެއްޓުމަށް އިންނަ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު، އެ ތަނުގެ ތިޖޫރި ފަޅާލައިގެން ވައްކަން ކުރި މައްސަލައިގައި ނުވަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހުން ހައްޔަރުކުރީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަމަށެވެ. އަދި އެއީ އުމުރުން 23 އަހަރާއި 38 އަހަރާ ދެމެދުގެ ނުވަ ފިރިހެނަކު ކަމަށާއި ފ. ނިލަންދޫ ކޯޓުން ވަނީ އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ފ. ނިލަންދޫ ކޯޓުން ވަނީ ފަސް ދުވަސް  ދީފައި ކަމަށް ފުލުހުން ބުނެއެވެ.

މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު އިއްޔެ ވިދާޅުވީ، އެމީހުން ވަންކަން ކޮށްފައި ވަނީ އިއްޔެެ ރޭ ފަތިހު ކަމަށެވެ. އަދި އެމީހުން ވަނީ ތިޖޫރިން ވައްކަން ކުރުމުގެ އިތުރުން އިދާރާގެ ފަރުނީޗަރު ތަށްބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައިވާ ކަމަށާއި ތަނުގައި ހުރި ލިޔެކިޔުންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ.

އަދި ކައުންސިލްގެ ރައީސް ވިިދާޅުވީ ތިޖޫރީގައި އޮންނާނީ، ދެތިން ހާސް ރުފިޔާއެއް ކަމަށާއި ނަމަވެސް އޮފީހަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައި ހުރި ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©