ނަސްވާ ހަސަން
02 July 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ، ފޮރުވައިގެން ގެންގުޅުނު ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ޝައިމެގެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގު ކޮށް ނިންމާ، ޝައިމް ފޮރުވައިގެން ގެންގުޅުނުކަން ފާހަގަކުރެވިއްޖެނަމަ، އެބަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އިއްޔެ، އޭނާ ފިލައި ހުރި ގެއަށް ގަދަކަމުން ވަދެގަތުމަށް ފަހު ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައި އެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ފިލާފައިވާކަން އެންމެ ފުރަތަމަ ހާމަކުރީ ފުލުހުން ނެވެ. ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:29 ގައި ޝައިމް ގެއްލުނުއިރު، އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އަދި ޝައިމް އިއްޔެ ފެނިފައި ވަނީ އޭނާ ގެއްލުނުތާ ދެ ހަފްތާ ފަހުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©