ނަސްވާ ހަސަން
02 July 2019
މަޤްބޫލު ޙަބަރު

ދ. ކުޑަހުވަދޫގައި ކުޑަ ދެ ބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަ ދެ ކުދިންގެ ދެމެދު ހިނގި ޒުވާބެއްގައި ވަޅިން ހަމަލާދިން މައްސަލަ އެ  ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ރޭ 21:35 ގައި ކަމަށެވެ.

ފުލުހުން ބުނީ މި ހަމަ ނުޖެހުން ހިންގާފައި ވަނީ ދެ ބެއިން ކަަމަށާއި ވަޅިން ދިން ހަމަލާގައި އެކަކުގެ ފަޔަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©