ނަސްވާ ހަސަން
02 July 2019
މަޤްބޫލު ޙަބަރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ލިޔެކިއުންތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަަލަމުންދާ މައްސަލައަކާ ގުޅިގެން ގަސްދުގައި ނައްތާލާފައިވާކަން ކޮމިޝަނަށް އެނގިފަައިވާ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން މިހެން ވިދާޅުވީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމެޓީ) އަށް އޭސީސީގެ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު އެވެ.

ނައިބް ރައީސް ވިދާޅުވީ ބައެއް ކުންފުނިތަކުގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަން ކޮމިޝަނަށް އެނގިފަައިވާ ކަމަށެވެ. އަދި މިހާރު ތަހުގީގު ކުރަމުންދާ މައްސަލަ ތަކަށް ބަލާއިރު، ހުންނަން ޖެހޭ ބައެއް ކަހަލަ ލިޔެކިއުންތައް ނެތިފައި ވެސް އެބަހުރި ކުންފުނިތަކުގެ ތެރޭގައި ޕީއެސްއެމް ހިމެނޭ ކަމަށް އޭނާ ވިދާޅުވީ އެވެ.

އަދި ބައެއް ކުންފުނިތަކުން ނުފެނުނު ލިޔެކިއުންތައް، އެތަންތަނުގައި ކުރިން ހުރި ކަމަށް އެތަންތަނުގެ މުވައްޒަފުން ބުނެފައިވާ ކަމަށާއި އެއީ ތަހުގީގަށް ދިމާވާ ވަރަށް ބޮޑު ހުރަހެއް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ ބައެއް ކުންފުނިތަކުގެ އެތެރޭގެ ސިޔާސަތުތައް އޮންނަ ގޮތުން ވެސް ތަހުގީގަށް ހުރަސްތައް ކުރިމަތިވާ ކަމަށާއި އެކަހަލަ ކަންތައްތައް ފާހަގަ ކުރެވުމުން ބައެއް ކުންފުނިތަކުގެ ބޯޑުމެމްބަރުންނާއި އެމްޑީންނާ މަޝްވަރާކޮށްގެން ބައެއް ކަންތައްތައް ހައްލުވެފައިވާ ކަމަށެވެ.

ނަމަވެސް މިހާރު އެގޮތަށް އަމަލު ކުރުމުގެ ޖާގަ ކޮމިޝަނަކުން ނުދޭކަން ފާހަގަކޮށް މުއައްވިޒް ވިދާޅުވީ އެގޮތަށް އަމަލު ކުރުމަކީ ތަހުގީގަށް ހުރަސް އެޅުން ކަމަށް ބަލައި ފިޔަވަޅު އަޅާނެ ކަން އަންގާފައިވާނެ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©