މުޙައްމަދު އަންވަރު
02 July 2019
މަޤްބޫލު ޙަބަރު

ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލްކޮށް ފޯނު ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ވެހިކަލް ދުއްވަމުން ސިނގިރޭޓު ބޮއި އަދި ފޯނު ބޭނުން ކުރުން ފަދަ ގަވައިދާ ހިލާފު އަމަލުތައް މި ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށާއި އެކަންކަން ހުއްޓުވުމަށް އެކަމަށް ހާއްސަ ކޮށްފައިވާ ޓްރެފިކް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގަވާއިދުގަވާ ގޮތުން ވެހިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އަދި ފޯނު ބޭނުން ކުރާނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރަމުން އަދި ފޯނު ބޭނުންކޮށްގެން ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާއިރު ގަވާއިދާ ހިލާފަށް ވެހިކަލް ޕާކް ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ އުޅަނދުގައި ސިޓްކާ ވެސް އަންނަނީ ޖަހަމުންނެވެ.

އެހެން ނަމަވެސް، ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓްކާ ނުޖަހާނެ ކަމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ކެމްޕެއިން ކުރެއްވިއިރު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދާއި ހިލާފް ވެފައިވާ ކަމަށް ބުނެ ރައިސުލްޖުމްހޫރިއްޔާގެ ކުރީގެ ސްޕެޝަލް އެންވޯއީ އަދި މިހާރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©