މުޙައްމަދު އަންވަރު
02 July 2019
މަޤްބޫލު ޙަބަރު

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދައް ގެނެއި އިސްލާހާއި އެކު ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފައިވާއިރު، ވަކިން ސިނގިރޭޓު ވިއްކާތޯ ބެލުމަށް، ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން ނިންމައިފިި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ގަވައިދަށް އަމަލު ކުރާ މިންވަރު ބެލުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ އިދާރާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަން ފަށާނެ ދުވަހެއް މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެ އެވެ.

އެ އޮޕަރޭޝަނުގެ ދަށުން، ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިއްކާ ގޮތުގެ މަޢުލޫމާތު ހޯދައި އެ ގަވާއިދާ ހިލާފަށް ވަކިން ސިނގިރޭޓް ވިއްކާ ތަންތަން ވަގުތީ ގޮތުން ބަންދު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދަށް ޖަނަވަރީ 31 ވަނަ ދުވަހު ގެޒެޓް ކުރިއިރު، އެ ގަވައިދަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ ގެޒެޓް ކުރި ތާރީހުން ފެށިގެން ތިން މަސް ފަހުންނެވެ.

އެ މުއްދަތު ހަމަވެފައިވަނީ އޭޕްރީލް އެއް ވަނަ ދުވަހަށެވެ. އެ ގަވާއިދުގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކިން ސިނގިރޭޓް ވިއްކުމާ ބެހޭ ބައެވެ.

އެގޮތުން މިހާރު ސިނގިރޭޓް ވިއްކޭނީ 20 ސިނގިރޭޓް ހިމެނޭ ފޮއްޓެކެވެ. ބިޑި ވަކިން ވިއްކޭނީ ބޮނޑިއެއް ނުވަތަ 50 ބިޑި ހިމެނޭ ފޮއްޓެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©