މުޙައްމަދު އަންވަރު
02 July 2019
މަޤްބޫލު ޙަބަރު

ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ޒަމާންވީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި، އެއް ގައުމަކަށް ލިބޭ އުފަލަކީ އަނެއް ގައުމަކަށް ވެސް ލިބޭ އުފަލެއް ކަމަށާއި އަދި އެއް ގައުމައް ލިބޭ ހިތާމައަކީ އަނެއް ގައުމަކަށް ވެސް ލިބޭ ހިތާމައެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން އެހެން ވިދާޅުވީ ލަންކާގެ ޒާހިރާ ކޮލެޖުގައި މި އަހަރު އޭލެވެލް ފަށާ ކުދިންނަށް މަރުހަބާ ކިޔުމަށާއި ހާޒިރީން އެންމެ މަތީ ވަނަތައް ހާސިލްކުރި ކުދިންނަށް އިނާމުދިނުމަށް އެ ކޮލެޖުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިގައެވެ

އެގޮތުން، މިދިޔަ އޭޕްރީލް މަހުގައި ޓެރަރިސްޓުންގެ ބަޔަކު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދު ލަންކާގެ ރައްޔިތުންނަށް އޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.

ޓެރަރިޒަމްގެ އަމަލުތަކަކީ، އިސްލާމްދީނާ ހިލާފު އަމަލުތަކެއް ކަމަށާއި، އިސްލާމްދީނަކީ، ސުލްހައަށް ލޯބިކުރާ އަދި އެންމެންގެ މެދުގައި އެކުވެރިކަމާއި ރަޙްމަތްތެރިކަން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެއް ކަމުގައި ވިދާޅުވިއެވެ.

ޒާހިރާ ކޮލެޖަކީ، ސަތޭކަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ލަންކާގެ މުސްލިމުންނަށް ހިދުމަތްކޮށްދީފައިވާ، އަދި ރާއްޖޭގެ ބައެއް މަޝްހޫރު ބޭފުޅުން ވެސް ތައުލީމު ހާސިލްކުރި މަދަރުސާއެއް ކަން ރައީސް މައުމޫން ވަނީ ފާހަގަ ކުރައްވައިފައެވެ.

އެމަނިކުފާނު ވަނީ އަލަށް އޭލެވެލް ގައި ބައިވެރިވި ކުދިންނަށް ހިތްވަރުދެއްވައިފައެވެ. އަދި ދަރިވަރުންނަށް ތައުލީމީ ހަޔާތުގައި ވެސް އަދި އޭގެ ފަހުންވެސް ކާމިޔާބީއަށް އެދިފައެވެ.

ރައީސް މައުމޫނަށް މަރުޙަބާ ދެންނެވުމުގެގޮތުން ޒާހިރާ ކޮލެޖުގެ ޗެއާމަން ފައުޒުލްހަމީދު ވިދާޅުވީ ރައީސް މައުމޫނަކީ އެމަނިކުފާނުގެ ޒުވާން އިރުއްސުރެ ނަމޫނާ ޝަޚްސިއްޔަތެއް ކަމުގައި ބައްލަވާ ބޭފުޅެއް ކަމަށެވެ. އެ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް ވެސް އަރުއްވާފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©