ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އަދި ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ އިރު، ބީލަމުގައި ބައިވެރިވުމަށް ނަން ރިފަންޑަބްލް ރެޖިސްޓްރީ ފީ އެއްގެ ގޮތުގައި 155 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ.

އެއަށްފަހު ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ އެއްލައްކަ ޑޮލަރާއި އެއް މިންވަރަށް ދިވެހި ރުފިޔާ ދައްކަންޖެހެއެވެ.

 ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހަށް ބިޑް ސެކިޔުރިޓީގެ މުއްދަތު ހުޅުވާލައިފައިވެއެވެ.

 ފިނޭންސްގެ ވެބްސައިޓުން މި ބީލަމާ ގުޅޭ ހުރިހާ މައުލޫމާތު ޑައުންލޯޑް ކުރެވޭނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©