ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ގދ.ރަތަފަންދޫގައި ހެލްތު ސެންޓަރަށް ރޭ ގެންދިޔަ އިރުވެސް މަރުވެފައިވާ އަންހެނެއްގެ މަރާއި މެދު ޝައްކުތަކެއް ހުރުމުން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެ ރަށު ހެލްތު ސެންޓަރަށް ގެނައި 44 އަހަރުގެ އަންހެނަކު، ގެނައި އިރުވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވަނީ އެ ސެންޓަރުގެ ފަރާތުން ރޭ 2:44 ހާއިރު ކަމަށެވެ.

އޭގެ އިތުރުން އެ އަންހެންމީހާގެ މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ.

އަދި ތަހުގީގު ކުރެވެމުންދާ މައްސަލައެއްކަމުން، އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©