ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ތަރައްގީގެ 36 މަޝްރޫއުއެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ޖުމުލަ އަގު އެއް ބިލިއަނަށް ވުރެ ގިނަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ، މިއަދު މަޖިލީހުގައި އައްޑޫ ސިޓީ މަރަދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކުރެއްވިސުވާލަށް ޖަވާބު ދެއްވަމުން ނެެވެ.

އަސްލަމް ވިދާޅުވީ ސޮއިކޮށްފައި ވަނީ ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާގެ އެއް މަޝްރޫއެއްގައި ކަމަށާއި އެ މަޝްރޫއުތަކުގެ އަގު 1.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އެއްވެސް މަސައްކަތެއްގައި ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ބަޖެޓު ކުޑަވުމުގެ ސަބަބުން ބައެއް މަސައްކަތްތައް ފެށޭނީ އަހަރު ފަހުކޮޅުގައި ކަމަށެވެ.

އޭގެ އިތުރުން އަސްލަމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ، ތަރުތީބު ކޮށްފައި އޮތް ޕްލޭނެއް އެބަ އޮތް ކަމަށާއި މިހާރުވެސް ކޮންޓްރެކްޓަރުންނާ އެކު 41 ޕްރޮޖެކްޓެއްގެ މަޝްވަރާތައް ކުރަމުން އަންނައިރު، ޓެންޑަރުގައި 20 މަޝްރޫއެއް އަދި ޑޯނާ ފަންޑިންގައި 39 މަސައްކަތެއް ހިނގާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©