ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ބާ ކައުންސިލް އިންތިޚާބަށް 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ މި މަަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ބަޖެޓު ހަމަޖައްސާފައި ވަނީ 1.2 މިލިއަށް ރުފިޔާ ކަމަށާއި އެއީ މަދުނުވާނެ ވަރަށް ކަމަށެވެ.

އޭގެ އިތުރުން އެއީ 30 ރަށެއްގައި އިންތިޚާބު ބާއްވަން ޖެހިދާނެ ކަމަށް ލަފާކޮށް ކަނޑައެޅި އަދަދެއް ކަމަށާއި ނަމަވެސް ވޯޓުލާން ރަޖިސްޓްރީވާ ވަކީލުން އަދަދަށް ބަލާއިރު، ވޯޓުލާން ހަމަޖައްސާ ރަށްރަށް މަދުވެދާނެ ކަމަށް ޝަރީފް ވަނީ ލަފާކޮށްފަ އެވެ.

ޝަރީފް ވިދާޅުވީ ބާ ކައުންސިލް އިންތިޚާބަށް ވޯޓު ކަރުދާސް ޕްރިންޓުކުރުމަށް އިއުލާނުކޮށް އެކަން ހަވާލުކުރާނެ ވަގުތު ނެތުމުން، އެ މަސައްކަތާ ގުޅޭގޮތުން ފިނޭންސާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބު އަދި އިތުރު ހަ މެމްބަރެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©