ނަސްވާ ހަސަން
03 July 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ހަ ރަށެއްގައި، ރާޅާއެޅުންތެރިންނަށް ހާއްސަކޮށްގެން އިތުރު ސާފިން ސްޕޮޓްތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު  ބުނެފި އެވެ.

ރާޅާއެޅުންތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ ވިސްނުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ސާފިން ސްޕޮޓްތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާޅު އެރުން ތެރިންނަށް ހާއްސަކޮށްގެން ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ އަދި ގދ. ގައްދޫގައި މި ސަރުކާރުން ސާފިން ސްޕޮޓްތަކެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ކުޅިވަރަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް ލިބެމުންއައި ކުޅިވަރެއް ކަމަށާއި އެގޮތުން ސާފަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މި ރަށްތަކުގެ މި ތަންތާގައި މިހާރު ވެސް ރާޅާ އެޅުމަށް ބޭނުންކުރަމުން އަންނަ އިރު، ސަރުކާރުން ތަރައްގީ ކުރާއިރު ރާޅާއެޅުންތެރިން ތިބެން ހަދާ ހަޓާއި ސާފް ބޯޑުތައް ބަހައްޓަން ހަދާ ރެކްތަކެއް ތައްޔާރުކުރާނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©