މުޙައްމަދު އީމާން
03 July 2019
މަޤްބޫލު ޙަބަރު

ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދަށް ފުރުސަތު ދީ، އެކަންކަން ރަނގަޅު ނުވެއްޖެނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފާސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް ކައުންސިލްގެ ރައީސް އައްސަދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ދިން މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅު ނުވެއްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް ތިނަދޫ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ފޯނަށް ޖަވާބު ނުދެއްވާތީ، ރަނގަޅު ކުރަން އައްސަދަށް އަންގާފައިވަނީ ކޮން ކަންތައްތަކެއް ކަމެއް އަދި ނޭނގެ އެވެ.

ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުން ވެސް ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©