• Thu, 2 July, 2020, 10:46 am

    ދިރާގުގެ އިންޓަނެޓް އަގުބޮޑު ވާހަކަ ނޫސްތަކު ޖެެހޭކަށް ނެތް، ސްޕޮންސާ ކަނޑާލާނެ: ގަފޫރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރާއްޖެ އަކީ ދުނިޔޭގެ ނިސްބަތުން އިންޓަނެޓް އެންމެ އަގުބޮޑު ގައުމު ކަމަށާއި އެހެން ނަމަވެސް އެ ވާހަކަ މީޑިއާތަކުން ރިޕޯޓް ކޮށްފިނަމަ އެ ތަންތަނަށް ދެމުންދާ ސްޕޮންސާ ކަނޑާލާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

    މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައުމީ ޗެމްބަރ އޮފް ކޮމާސްގެ ބިލަށް ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، ރާއްޖެ އަކީ ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އިމްޕޯޓް ލައިސެންސް ވެސް ނުނަގާ މުދާ އެތެރެ ކުރުން ކަމަށެވެ. ބޭނުންވަނީ އެއްވެސް އިންޑަސްޓްރީއެއް މޮނޮޕޮލައިޒް ނުވެ ހިނގަން ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.

    “މިސާލަކަށް ބައްލަވާ ދިރާގު. މިހަފްތާ ތެރޭގައި ދިރާގުން އެ ނެރުނު ޕްކޭޖްތަކަށް ބަލާއިރުގައި ރާއްޖެމިއީ އިންޓަނެޓް އެންމެ އަގުބޮޑު ގައުމު. ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކަށް ވުރެން ރާއްޖޭގެ އިންޓަނެޓްގެ އަގު ބޮޑު. އެކަމަކު މިކަމާ ވާހަކަ ދައްކާނެ ކާކުތޯ ހުރީ. ރާއްޖޭގެ ހުރިހާ މީޑިއާތަކަކީ ދިރާގުން އިސްތިހާރު ދީގެން ހިންގާ ތަންތަނައްވާތީވެ އެބޭފުޅުންނަކަށް ވެސް މި ވާހަކަ ދެއްކޭ ކަށެއް ނެތް. ދައްކާފިއްޔާ އިސްތިހާރެއް ނުދޭނެ،” ގަފޫރު ވިދާޅުވި އެވެ.

    ދިރާގުގެ އިތުރުން ގައުމީ ބޭންކްގެ ސިޔާސަތުތައް ވެސް ހުރީ ހަމަ އެއް މިސްރާބަކަށްކަން ގަފޫރު ފާހަގަ ކުރެއްވި އެވެ.

    “ބޭންކް އޮފް މޯލްޑިވްސް ބައްލަވާ. 300 މިލިއަން 400 މިލިއަން 500 މިލިއަން ރުފިޔާ ފައިދާއަށް ނަގަމުން ދާއިރު މިވާހަކަ ދައްކާނެ ފަރާތެއް އެބައޮތްތޯ އިއްޒަތްތެރި ރައީސް،” ގަފޫރު ވިދާޅުވި އެވެ.

    ރާއްޖޭގެ ކުންފުނިތަކުން އެކަށީގެން ނުވާ މިންވަރަކަށް ފައިދާ ނަގަމުން ދާއިރު އެކަން ކަން ހުއްޓުވޭނެ މެކޭނިޒަމެއް ގާއިމް ކުރަން ޖެހޭނެ ކަން ގަފޫރު ފާހަގަ ކުރެއްވި އެވެ.

    ދިރާގުން މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސް އަށްވުރެ 10 ގުނަ ހަލުވި ސްޕީޑާއި އެކު މުޅިން އަލަށް ވަނީ ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ތައާރަފް ކޮށްފަ އެވެ. އެ ޕެކޭޖްގެ އަގު ހުރީ 6990 ގައެވެ. އެ ޕެކޭޖްގެ އިތުރުން ވެސް ދިރާގު އަދި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ދެމުންދާ އެހެން ކުންފުނިތަކުގެ އިންޓަނެޓް ޕެކޭޖް ތަކުގައި އަގު ވެސް ބޮޑު ކަމުގެ ވާހަކަ އަކީ އާންމު ރައްޔިތުން އަޑައް ބާރުލާފައި ދައްކާ ވާހަކަ އެކެވެ.

    އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން އަންނަނީ އެ ހިދުމަތް ދެމުންދާ ކުންފުނިތަކާއި އެކު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް އަލި މަގެއް ފެނިފައެއް ނުވެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.