މުޙައްމަދު އީމާން
03 July 2019
މަޤްބޫލު ޙަބަރު

ގދ.ރަތަފަންދޫގައި ރޭ ދަންވަރު މަރުވި އަންހެން މީހާގެ މަރުގައި އާދަޔާ ހިލާފު ކަމެއް ނެތް ކަމަށާއި އޭނާ މަރުވެފައިވަނީ ކުއްލި މަރަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ދަންވަރު 2:44 ހާއިރު ރަތަފަންދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައި ވަނީ އުމުރުން 44 އަހަރުގެ އަންހެނެކެވެ. އަދި އެ އަންހެންމީހާގެ މަރުގެ މައްސަލާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ފުލުހުން މިއަދު ވަނީ އެކަން ތަހުގީގު ކުރަން ފަށައިފައިފަ އެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ، ރަތަފަންދޫގައި މަރުވި އަންހެން މީހާ މަރުވެފައިވަނީ އާދައިގެ މަރަކުން ކަމަށް އޭނާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން މައުލޫމާތު ދީފައިވާާ ކަމަށެވެ.

އަދި އެ އަންހެން މީހާގެ ހަށިގަނޑު އާއިލާއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©