މުޙައްމަދު އިބްރާހިމް
04 July 2019
މަޤްބޫލު ޙަބަރު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އިންތިހާބުކޮށްފި އެވެ.

ހުސްވެފައިވާ އޭސީސީގެ ރައީސް ކަމަށް މުވައްވިޒް އިންތިހާބުކުރީ ކޮމިޝަންގައި މިވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ.

އޭސީސީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހަސަން ލުތުފީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ނެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ވަޒީފާއަށް ނުނިކުންނަވައި ހުންނަވައި މުސާރަ ނަންގަވަމުންދާތީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި އެކަން ތަޅުމަށް ފޮނުވާ ގޮތަށް ނިންމާފައިވަނި ކޮށެވެ.

އެގޮތުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ އެނބުރި ވަޒީފާއަށް ނުނިކުންނަވާފައި ނުވާއިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©