މުޙައްމަދު އިބްރާހިމް
04 July 2019
މަޤްބޫލު ޙަބަރު

އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) އަކީ މިގައުމުގެ އެންމެ ބޮޑު ހާއިން ކަމަށާއި އޭނާއަށް މައާފެއް ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލުތުފީއަށް މައާފް ދެއްވާނަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ލުތުފީ އަކީ އަދިވެސް މި ދައުލަތުގެ މިގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނަށް ލުތުފީއަށް މައާފް ދިނުމުގެ ބާރު އޮތް ނަމަވެސް އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

“މި ދައުލަތުގެ މިގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. އެޔަކަށް ނާދޭ ބަދަލެއް. އެހެންވީމަ ލުތުފީއަށް މާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ލުތުފީއަށް ކޮށްފައިވާ ހުކުމް އޭނާ ތަންފީޒު ކުރަން ޖެހޭނެ. އެއީ އަޅުގަނޑަށް ބާރު އޮތް ނަމަވެސް ކުރާނެ ކަމެއް ނޫން. މިގައުމު ދުށް އެންމެ ބޮޑު ހާއިނު އެއީ. އެއީ އެނެމް ބޮޑު ކުށްވެރިޔާ،” ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ދައުލަތުގެ މިގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. އެޔަކަށް ނާދޭ ބަދަލެއް. އެހެންވީމަ ލުތުފީއަށް މާފު ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. ލުތުފީއަށް ކޮށްފައިވާ ހުކުމް އޭނާ ތަންފީޒު ކުރަންޖެހޭނެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ލުތުފީއާ ވެރިކަމުގެ ކުރިން ވެސް އަދި ފަހުން ވެސް ބައްދަލުވިތޯ ނޫސްވެރިއަކު ވަނީ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެއީ ދަންނަވެސް ބޭފުޅެއް ނޫން ކަމަށެވެ.

“ލުތުފީއާ އެއްވެސް އިރެއްގައި ބައްދަލެއް ނުވޭ، ދަންނަވެސް ބޭފުޅެއް ނޫން”

Leave a Reply

Your email address will not be published.

haftha.mv ©