• Thu, 2 July, 2020, 11:53 am

    ސަރުކާރުން ހުުޅުުމާާލޭޭގަައިި އަޅާ ހައުސިން ޔުނިޓްތަކުގެ ކުއްޔަކީ 6000 ރުފިޔާ: ރައީސް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ސަރުކާރުން ހުޅުމާލޭގައި ފަށަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ފުލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 6000 ރުފިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

    ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލޭގައި 4200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދެ ފަރާތަކާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

    އަދި އެ މަޝްރޫއުގެ ދަށުން އަޅާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފުލެޓްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

    “މި މަޝްރޫއުގެ ދަށުން ބިނާ ކުރެވޭ 2 ކޮޓަރީގެ އެޕާޓްމަންޓް އެއީ 7600 އަކަފޫޓުގެ ފުލެޓެއްގެ މަހަކު ދައްކަންޖެހޭ އަގަކީ 6000 ރުފިޔާ، ތިން ކޮޓަރީގެ ފުލެޓް 900 އަކަފޫޓް ފުލެޓެއްގެ އަގު 7000 ރުފިޔާއަށް ވާ ގޮތަށް އަގު ހަމަޖެހިގެންދާނެ،” ރައީސް ސޯލިހު ވިދާޅުވި އެވެ.

    މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅުތަކުގައި 5000 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަސައްކަތް ބިޑަށް ހުޅުވާލައި، އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ ތެރޭގައި އެ ފުލެޓްތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

    ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 7000 ފުލެޓްތަކަކީ އުޅެން އެކަށީގެން ނުވާ އަދި އެތަނުގެ އަގުގެ ގޮތުން ރައްޔިތުންނަށް އަތްފޯރާފަށުގައި ސޯޝަލް ހައުސިން ދޫކުރެވޭނެ އަގެއް ނޫން ކަމަށެވެ.

    އެގޮތުން ރައީސް ޔާމީން ސަރުކާރުން ހަމަޖެހިފައި އޮތް ގޮތަށް އެ ފުލެޓް ތަކަށް ބަދަލެއް ނުގެނެސް ދޫކުރާނަމަ އެ ފުލެޓްތަކުގެ ކުއްޔަށް މަހަކު 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

    އަދި އެ ފުލެޓްތަކުގެ ޖާގަ ބޮޑުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުން، ދެ ކޮޓަރީގެ ފުލެޓެއްގެ ކުލި 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު 23،000 ރުފިޔާއަށް އަރައިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

    “ސުވާލަކީ މި ބަދަލު ގެންނާނީތޯ؟ ނޫނީ މިހާރު ހުރި ގޮތަށް ދޭނީތޯ؟ އެއީ އަތްފޯރާފަށުގައި ސޯޝަލް ހައުސިން ދޫކުރެވޭނެ އަގެއް ނޫން. އެ ދިރާސާ ކުރުމަށްފަހު އެ ބަދަލަށް ގެނެވޭނީ ކޮން އަގުތަކެއްތޯ ބަލައި ސަރުކާރުން އެ ސަބްސިޑައިޒް ކުރުމަށް މިދަނީ މަސައްކަތް ކުރަމުން،” ރައީސް ސޯލިހު ވިދާޅުވި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.