• Thu, 2 July, 2020, 10:16 am

    ޔާމީން ރައީސް ސޯލިހަށް: ބޮޑު ހާއިނު ފިލުވައިގެން ހިންގި ޖަރީމާ ބަލަން ކެރޭނެތޯ؟

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެތައް ދިވެހިންނެއް ޝަހީދުކޮށްލުމަށްފަހު ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާގީ ލުތުފީ) ލަންކާގެ އެމްބަސީ ތެރޭގައި ފިލުވައިގެން ހިންގި ޖަރީމާ ބަލަން ޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

    އިދިކޮޅު ފަރާތްތަކުން “ފޭރުމާ ދެކޮޅަށް” ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީގައި ވާހަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ލުތުފީއަކީ މިގައުމުގެ އެންމެ ބޮޑު ހާއިނު އަދި އެންމެ ބޮޑު ކުށްވެރިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާއިރު، ދެ މަސް ދުވަސް ވަންދެން އޭނާ ފިލުވައިގެން ގެންގުޅުނީ އެމްބަސީގައި ކަމަށެވެ.

    އަދި ލުތުފީއަކަށް އެމްބަސީއަކު ނޯވެވޭނެ ކަމަށާއި ފުލުހުންނަށް ވެސް މީހުންނެއް އެމްބަސީއަކު ފިލުވައިގެން ނުގެން ގުޅޭވޭނެކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ، ލުތުފީ ފިލުވައިގެން ޖަރީމާ ހިންގި ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅަން ކެރޭނެތޯ ސުވާލު އުފައްދަވައިފަ އެވެ.

    “ކިހިނެތްތޯ މިވަރު މީހުން (ލުތުފީ) ތަންތަނުގައި ފިލުވައިގެން ގެންގުޅޭނީ. ލުތުފީ ކުރި ކަންތައް ކިތަންމެހާ ވެސް ގޯސް. އެކަމަކު އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންނަށް ޖަވާބުދާރީވެފަ މިއަދު މީނައަކީ އެންމެ ބޮޑު ހާއިނު ކަމަށް ނިންމަވާކަމަށް ވަނީނަމަ މި ދެ މަސް ދުވަހުގެ ޖަރީމާ ހިންގި ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅެއް އަޅަން ކެރޭނެތޯއެވެ.،” ރައީސް ޔާމީން ވިދާޅުވި އެވެ.

    ރޭގެ ރެލީގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބާޣީ ލުތުފީ އަށް މަންފާތަކެއް ހޯއްދަވައިދެއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

    އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދައިދިނުމަކީ ކޮރަޕްޝަން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ލުތުފީއަށް މަންފާތަކެއް ހޯދައިދިން ބޮޑުންގެ މައްސަލަ ބޮޑު ޒީރޯ ޓޮލަރެންސްގެ ތެރެއިން ބަލަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

    ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފިލުވި މައްސަލާގައި ރައީސް ސޯލިހަށް، ރައީސް ޔާމީން ރައްދު ދެއްވާފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ލުތުފީއަށް މާފު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

    އަދި ލުތުފީ ހުރީ ލަންކާ އެމްބަސީގައި ނޫން ކަމަށާއި އޭނާ ހުރީ ދިވެހިން ފުލުހުންނާއި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ނަމަވެސް ލުތުފީ ހުރީ ސީދާ ކޮންތަނެއްގައި ކަމެއް ވިދާޅެއް ނުވި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.