މުޙައްމަދު އިބްރާހިމް
05 July 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކަށް ދެން ދިވެހި ރައްޔިތުން ވެރިކަމެއް ނުދޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ގިނަ ދުވަސްތަކެއް ފަހުން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ރޭ ކާނިވާ ސަރަހައްދުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަ އެވެ.

ރޭގެ ރެލީގައި އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީން ވަނީ މިހާރު އިދިކޮޅު ފަރާތްތަކަށް ދައުލަތް ހިންގުމުގެ ބާރު ލިބޭ ދުވަހަކުން މިހާރު މިއޮތް ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ ހުރިހާ އެގްރިމެންޓެއް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގެ ވެރިކަމުގައި ޒިންމާދާރުކަން ނެތި އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް ބިލިއަނަކަށް އަރާ ކަމަށެވެ.

އަދި ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެ ފުށް މިފުށަށް ޖަހަން ވިދަޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރޭގެ ރެލީގައި ރައީސް ޔާމީން ވަނީ މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިހާރު އޮތް ސަރުކާރަކީ ވިޔަފާރި ކުރަން ނޭނގޭ ސަރުކާރެއްކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ވިޔަފާރި ކުރަން ނޭނގޭ މީހުންނަށް ހަރުމުދާތަކުން ފައިދާ ނަގަން އަދި އެ މުދަލުން ލިބެނީ ކިހާ ފައިދާ އެއް ކަމެއް ވެސް ނޭނގޭނެ ކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ކުއްޔަށް ދޭން އުޅޭކަމަށް ތުހުމަތު ކުރައްވާ ރައީސް ޔާމީން ރޭ ވާހަކަފުޅު ދެއްކެވިއިރު، އޭގެ އެއްވެސް ވާހަކައެއްގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©