ނަސްވާ ހަސަން
05 July 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތަހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އިދާރާތަކަށް ޝައިމް ފޮރުވައިގެން ގެންގުޅުމާއި އެކަމަށް އެހީތެރިވެދިން ކަމަށް ތުހުމަތުވާ ދެ މީހަކު ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ފިލާފައިވާކަން އެންމެ ފުރަތަމަ ހާމަކުރީ ފުލުހުން ނެވެ. ނަމަވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 9:29 ގައި ޝައިމް ގެއްލުނުއިރު، އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ.

ޝައިމް ގެއްލިގެން ހޯދަނިކޮށް ފެނިފައި ވަނީ މާލޭގެ ގެ އެއްގެ ތެރޭގައި ހުއްޓާ އެވެ. ޝައިމް ހޯދުނީ، އޭނާ ފިލިތާ ބަރާބަރު ދެ ހަފްތާ ފަހުން ނެވެ.

Leave a Reply

Your email address will not be published.

haftha.mv ©