ނަސްވާ ހަސަން
05 July 2019
މަޤްބޫލު ޙަބަރު

ފަސް އަހަރުން މިލިއަނަރަކަށް ވެވިދާނެ ގޮތުގެ ޕުލޭން ހިމެނޭ ފޮތެއް ނެރެފި އެވެ.

މި ފޮތް ނެރުމަށް އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި “ދަ ފައިވް އިޔަ މިލިއަނަޔާ ޕްލޭން” ނެރެދެއްވީ ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމެވެ.

މައި ކޮލެޖުގެ ޗެއާމަން އަހުމަދު މުއްތަކީ ލިޔުއްވި މި ފޮތް، އެމެޒޯން އަދި ކިންޑާ އިން ވެސް ގަންނަން ލިބޭނެ އެވެ. 97 ސަފުހާގެ ފޮތް ލިޔެފައިވަނީ އިނގިރޭސި ބަހުންނެވެ. އެގޮތުން ފަސް އަހަރުގެ ތެރޭގައި މިލިއަނަރަކަށް ވުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ތަފާތު ހިޔާލުތައް ހޯދާނެގޮތާއި އަތުގައި ފައިސާއެއް ނެތަސް މަސައްކަތްކުރާނެ ގޮތް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން ފޮތުގެ މުސައްނިފް އަހްމަދު މުއްތަކީ އޭނާގެ ހަޔާތުގައި ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަށް ކުރި ތަޖުރިބާގެ ވާހަކައިގެ އިތުރުން ކާމިޔާބީއާ ހަމައަށް ވާސިލްވި ބައެއް މީހުންގެ ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.

ފޮތް ލިޔުމުގެ ހިޔާލު ލިބުނުގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މުއްތަ ވިދާޅުވީ ހި ހިޔާލު އައީ ސެމިނާއެއްގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ ތެރެއިން ކަމަށާއި އެ ސެމިނާގައި ބައިިވެރިވި މީހަކުވެސް ވަނީ މިލިއަނަރަަކަށް ވާނެ ގޮތުުގެ ފޮތެއް ލިޔެދިނުމަށް އެދިފަ އެވެ.

މައި ކޮލެޖުގެ 19 ގޮފި މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާއިރު، އެތަނުން ކޮންމެ އަހަރަކު ވެސް ހާހެއްހާ ދަރިވަރުން ދަސްވެނިވެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©