ނަސްވާ ހަސަން
05 July 2019
މަޤްބޫލު ޙަބަރު

ދިވެހި ވަގު ޕާސްޕޯޓް ފެނުނު ބެލަރޫސް ބައެއްގެ، މައްސަލައެއް ބަލަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމީހުން ފެނިފައިވަނީ ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ޓިއުނީޝިއާ އިން ހައްޔަރު ކުރި ބައެއްގެ އަތުން ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ޔޫކްރެއިން އާއި ޕޮލެންޑްގެ ޕާސްޕޯޓްވެސް ފެނިފައިވާ ކަމަށް ވެއެވެ.

އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓްތަކެއްގައި ވިދަޅުވީ، ރާއްޖޭގެ ސައްހަ ނޫން ޕާސްޕޯޓާއެކު ބަޔަކު ހައްޔަރު ކުރި ކަމަށް ބުނާ ޚަބަރުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށާއި، ނަމަވެސް ކަމާގުޅުންހުރި އިދާރާތަކާ ގުޅައިގެން ބަލަމުންދާ ކަމަށެވެ.

އޭގެ އިތުރުން، އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސަލާމަތީ ފީޗާތައް ވަރަށް ވަރުގަދަވެފައި އެއީ ޒަމާނީ އެއްޗެއް ކަމަށާއި، ސައްހަ ނޫން ޕާސްޕޯޓް ހަދައިގެން ގެންގުޅެވިދާނެ ކަމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©