މުޙައްމަދު އިބްރާހިމް
05 July 2019
މަޤްބޫލު ޙަބަރު

މާލޭ ގެއެއްގެ ތެރެއަށް ފުލުހުން ވަދެ، އެގޭގައި ހުރި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ. އެފަދަ ކަމެއް ހިނގާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި، މާލޭ ގެއެއްގެ ތެރޭގައި ހުރި މީހަކަށް އަނިޔާ ކުރުމުގައި ބައިވެރިވެފައިވަނީ ހަތަރު ފުލުހެކެވެ. ވީޑިއޯގައި އެ މީހާގެ ގައިގާ ކޮޅުފައިން ޖަހައި ފާރަށް ބާރަށް ކޮށްޕާލައި ބިންމައްޗަށް ވައްޓާލަން ވަރަށް ރީތިކޮށް ފެންނައިރު ގޮއްމުއް ކިޔާފައި އޭނާގެ ގައިގަ އާއި މޫނުގައި ތަޅާތަން ވެސް ފެނެ އެވެ.

އަދި އެކަމުގައި ބައިވެރިވި އެއް އޮފިސަރަކު އެ މީހާގެ އަތް އޮބަހައްޓައި ގަލެއް ކަމަށް ބެލެވޭ އެއްޗަކުން އަތުގައި ތިން ވަރަކަށް ފަހަރު ޖަހާތަން ވެސް ފެނެ އެވެ. ނަމަވެސް އެ ވީޑިއޯއިން އެ މީހާގެ ފަރާތުން އެއްވެސް ދެކޮޅު ވެރިކަމެއް ފެންނަ ތަނެއް ނުފެނެ އެވެ.

އެކަން ކަށަވަރު ކޮށްދެއްވައި ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރަން ވަތް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް އެ ގޭގައި ހުރި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ފެނިފައިވާ ކަމަށެވެ.

“..މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެކަމުގައި ބައިވެރިވި އޮފިސަރުން ވަގުތުން ސަސްޕެންޑްކޮށް އެމީހުން ތަހުގީގު ކުރާނަން،” ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އަދި ވިދާޅުވީ، ފުލުހުންގެ އެތެރެއިން އެ މައްސަލަ ބެލުމުގެ އިތުރުން އެކަން ކުރި ފުލުހުންގެ ނަންތަކާއެކު އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް ދި މޯލްޑިވްސްގެ ރައީސްގެ އަރިހުން ވެސް އެދިފައިވާނެ ކަމަށެވެ،

Leave a Reply

Your email address will not be published.

haftha.mv ©