ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ ކުރިން މި ޕްރޮގްރާމަށް 150 މިލިޔަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް މިހާރު 184 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭ ނާސްތާއަކީ ރަނގަޅު ފެންވަރުގެ ތަކެއްޗަށް ހެދުމުގެ ގޮތުން ނާސްތާ ޕްރޮގްރާމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ދެވަނަ ޓާމާއި އެކު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމްފެށިއިރު، ނާސްތާ ޕްރޮގްރާމަކީ ތަޢުލީމީ ދާއިރާގައި ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވަނީ މި ޕްރޮގްރާމް އެންމެ ފުރިހަމަކަމާއެކު ކުރިއަށްގެންދިޔުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©