ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

މ. އުޖާލާ ގެއަށް ފުލުހުން ވަދެ، އެގޭގައި ހުރި މީހަކަށް އަނިޔާ ކުރާ ކުރި އޮފިސަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ ގްރޫޕާ އޭނާ މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީއެސްސީ) އިން ކުރުމަށް ނިންމާފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިކަމުގައި މިނިވަން ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. ހަމީދު ވިދާޅުވި، މިފަދަ ލާއިންސާނީ އަމަލުތަށް ބަލައއެއް ނުގަނެވޭނެ ކަމަށާއި ތަހުގީގުތަކަށް އަޅުގަނޑާއި ފުލުހުންގެ މުޅި އެގްޒެކެޓިވް ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި، މާލޭ ގެއެއްގެ ތެރޭގައި ހުރި މީހަކަށް އަނިޔާ ކުރުމުގައި ބައިވެރިވެފައިވަނީ ހަތަރު ފުލުހެކެވެ. ވީޑިއޯގައި އެ މީހާގެ ގައިގާ ކޮޅުފައިން ޖަހައި ފާރަށް ބާރަށް ކޮށްޕާލައި ބިންމައްޗަށް ވައްޓާލަން ވަރަށް ރީތިކޮށް ފެންނައިރު ގޮއްމުއް ކިޔާފައި އޭނާގެ ގައިގަ އާއި މޫނުގައި ތަޅާތަން ވެސް ފެނެ އެވެ.

އަދި އެކަމުގައި ބައިވެރިވި އެއް އޮފިސަރަކު އެ މީހާގެ އަތް އޮބަހައްޓައި ގަލެއް ކަމަށް ބެލެވޭ އެއްޗަކުން އަތުގައި ތިން ވަރަކަށް ފަހަރު ޖަހާތަން ވެސް ފެނެ އެވެ. ނަމަވެސް އެ ވީޑިއޯއިން އެ މީހާގެ ފަރާތުން އެއްވެސް ދެކޮޅު ވެރިކަމެއް ފެންނަ ތަނެއް ނުފެނެ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©