ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލުވައިގެން ގެންގުޅުނު ކަމުގެ ތަހުމަތުގައި ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ޒުވާން ފިރިހެނެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ޝައިމް ގެއެއްގައި ފޮރުވައިގެން ގެންގުޅުނު މައްސަލައިގަ 46 އަހަރުގެ ދިވެހި އަންހެނެއް ވަނީ 4 ޖުލައި ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ހަ ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ 5 ޖުލައި ވަނަ ދުވަހު ހައްޔަރުކޮށްފައި ކަމަށާއި އޭނާއަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.

ޝައިމް 16 ޖޫން އިން ފެށިގެން ގެއްލިގެން ހޯދަނިކޮށް ފެނިފައި ވަނީ މާލޭގެ ގެ އެއްގެ ތެރޭގައި ހުއްޓާ އެވެ. ޝައިމް ހޯދުނީ، އޭނާ ފިލިތާ ދެ ހަފްތާ ފަހުން ނެވެ.

Leave a Reply

Your email address will not be published.

haftha.mv ©