ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭ ސެންޓްރަލް ޕާކްގެ ދެކުނު ފަރާތުގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތްވަނަ ބުރިން ލިފްޓަކާއެކު ވެއްޓުނު މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ އިމާރާތަކީ ޖާ އިންވެސްޓްމަންޓް” އިން ހަދަމުންދާ އިމާރާތެއް ކަމަށެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއަކީ ބިދޭސީއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ލިފްޓާއެކު އިމާރާތުގެ ހަތްވަނަ ބުރިން ވެއްޓުނީ ލިފްޓު ބޭނުންކޮށްގެން އެއްޗެހިތަކެއް ތިރިޔަށް ބާލަން އުޅެނިކޮށް ލިފްޓުގެ ކޭބަލް ކަނޑައިގެން ގޮސްގެންނެވެ.

މި ހާދިސާގައި ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©