ނަސްވާ ހަސަން
06 July 2019
މަޤްބޫލު ޙަބަރު

ކ. މާފުށީގައި މޫދަށް އެރި އުޅެނިކޮށް ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މިއަދު ހަވީރު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ނިޔާވީ، އާއިލާ އެކު ޗުއްޓީ ހޭދަކުރަން މާފުއްޓަށް ގޮސް އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށެވެ. އަދި ފުލުހަށް އެކަމުގެ ރިޕޯޓު ލިބުމާ އެކު، އެ ސަރަހައްދަށް ދިޔައިރު އޭނާ ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަަމަށެވެ.

މައުރަޒަށް ގެންދިޔައިރުވެސް އެ ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ، އެކަން ތަހުގީގު ކުރަން ހެލްތު ސެންޓަރުގައި ހަރަކާތްތެރިވަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©