ނަސްވާ ހަސަން
07 July 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމަށް މުހައްމަދު މަބްރޫކު އަޒީޒް އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ މަގާމަށް މަބްރޫކު އައްޔަނު ކުރެއްވީ ބުރާސްފަތި ދުވަހު ކަމަށެވެ.

މަބްރޫކް ވަނީ މަޖިލީސް އިންތިހާބުގައި ވ. ފެލިދޫ ދާއިރާ އަށް ވާދަކުރައްވައި، 54 ވޯޓުގެ ތަފާތުން ނާކާމިޔާބުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް ކުރީ ސަރުކާރަށްވުރެ އިތުރު ނުވާނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 337 ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©