.
07 July 2019
މަޤްބޫލު ޙަބަރު

ދިވެހި ސަރުކާރުން ޗައިނާގެ ބޭންކު ތަކަށް ދީފައިވާ ސޮވެރިން ގެރެންޓީއާ މެދު ސަމާލުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރޭގައި ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް ދީފައިވާ ސޮވްރިން ގެރެންޓީ ހުރީ ވަރަށް ބޮޑަށް މަތީގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރުން އެކަމާމެދު ސަމާލުވާންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ  ކުންފުނިތަކަށް ދައްކަންޖެހޭ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް ހޭދަވީ ޖުމްލަ 200 މިލިއަން ޑޮލަރު ކަމަށާއި، އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުން ކަމަށެވެ. އެގޮތުން ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©