ނަސްވާ ހަސަން
07 July 2019
މަޤްބޫލު ޙަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބޭސްފަރުވާއަށް މެލޭޝިޔާއަށް ފުރާވަޑައިގަތުމަށްފަހު އަންނަ ހުކުރު ދުވަހުގެ ކުރިން ރާއްޖެ  ވަޑައިގަންނަވާނެ ކަމަށް ދީދީގެ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ދީދީ ބޭސްފަރުވާއަށް މެލޭޝިޔާއަށް ފުރާވަޑައިގަތީ ޖުޑީޝަލް ސާވިސް (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވަނިކޮށް، ޖޫން 28 ގައި އެވެ. ވަކީލް

ދީދީގެ ވަކީލު ޝަމީމް ވިދާޅުވީ، ދީދީ އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް ސީދާ ވިދާޅުވެފައިނުވާ ކަމަށާއި ނަމަވެސް ހުކުރު ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޖޭއެސްސީން މައްސަލަ ބަލަމުންދާތީ، ފަނޑިޔާރު ދީދީ އަށް ދިނީ 15 ދުވަހެވެ. އެގޮތުން 15 ވަނަ ދުވަސް ހަމަވާނީ ހުކުރު ދުވަހަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަނޑިޔާރު ޑީޑީއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާކަމަށް ބުނެފައި ވާއިރު، ޖޭއެސްސީން ވަނީ އޭނާއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©