ނަސްވާ ހަސަން
07 July 2019
މަޤްބޫލު ޙަބަރު

ހުޅުމާލޭގައި “ރަށު މާރުކޭޓު” ގެ ނަމުގައި ހުޅުވި މާރުކޭޓުގެ ގޮޅިތައް ލިބުނު 57 މީހުންގެ ތެރެއިން 29 މީހަކާ އެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ ބާކީ ތިބި 28 މީހުންނާ އެކު، އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރާނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުންނަށް ދެވަނަ ފަރާތަކަށް އެ ގޮޅިތައް ދުލެއް ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ޖުމުލަ 57 ބަޔަކަށް ގޮޅިތައް ދޫކުރި ނަމަވެސް ބާކީ ހުރި ގޮޅިތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލާނީ އަދި ފަހުން ކަމަށް އެޗްޑީސީން ބުންޏެވެ.

ރަށު މާރުކޭޓުގެ ގޮޅިއެއްގެ ބޮޑުމިނަކީ 69 އަކަފޫޓެވެ. އަދި ހުޅުމާލޭގެ ފެރީ ޓާމިނަލްއާ އިންވެގެން އޮންނަ ޕާކިން ޒޯން ކައިރީގައި ހަދާފައިވާ އެ ގޮޅިއެއްގެ މަހު ކުއްޔެއްގެ ގޮތުގައި 3،500ރ. ދައްކަން ޖެހެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©