މުޙައްމަދު އީމާން
07 July 2019
މަޤްބޫލު ޙަބަރު

މެލޭޝިއާގައި ކިޔަވަން ހުއްޓާ ކުއްލި ގޮތަކަށް މަރުވި މއ. ދޮންވެލި އިބްރާހިމް އަނަސްގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އުމުރުން 23 އަހަރުގެ އަނަސްގެ އާއިލާއިން ބުނާގޮތުގައި، އޭނާ މަރުވީ ފިޓް ޖެހިގެން ނެވެ. އަދި މެލޭޝިއާގައި އަނަސްގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުން ވެސް ވަނީ އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ބުނެފަ އެވެ.

އަނަސްއާ ގާތް މީހަކު ބުނި ގޮތުގައި، އޭނާ މެލޭޝިއާއަށް ކިޔަވަން ގޮސްފައިވަނީ މީގެ ތިން ވަރަކަށް އަހަރު ކުރިން ނެވެ. އަދި އޭނާއަކީ ރައްޓެހިންނާއި ގާތް ގުޅުމެއް ބާއްވައި އެކުވެރި މިޒާޖެއްގެ މީހެއް ކަމަށް މައުލޫމާތު ދިން އެކުވެރިޔާ ބުންޏެވެ.

އަނަސްގެ ހަށިގަނޑު މިއަދު މެންދުރު ފަހު 2:30 އެހާކަންހާއިރު ރާއްޖެ ގެނެސްފައިވާއިރު، ކަމުކަމާކެމީގެ ކަންކަން މިއަދު ހަވީރު 4:00 އިން ފެށިގެން އާސަހަރާގައި ކުރިއަށްދާނެ އެވެ.

އަނަސްގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©