މުޙައްމަދު އަންވަރު
07 July 2019
މަޤްބޫލު ޙަބަރު

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ފަހުން ލިބިނު 1،000 ކޯޓާގެ ޖާގައިން ހައްޖު ކޯޕަރޭޝަނުން ލިބުނު 500 ކޯޓާއަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކޯޓާ ބެހުމުގައި އަމަލު ކޮށްފައިވާނީ ހައްޖައް މީހުން ގެންދިއުމާބެހޭ އުސޫލުގެ 10 ވަނަ މާއްދާއަށް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ބަލާފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނަވެގެން ގެންދެވޭނީ ކިތައް މީހުނަށްތޯ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން އެދުނު ގޮތައް 500 ޖާގަ ދޫކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ކޯޕަރޭޝަނުން ބުނީ އިސްލާމިކް މިނިސްޓްރީން އެ ތަނަށް ދޫކޮށްފައިވާ ޖާގަތަކަށް މިހާތަނަށް ކުރިމަތިލާފައިވަނީ 377 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޖާގަ ކަށަވަރުކޮށްފައިވާ މީހުންނާއި އެ މީހުންގެ ތެރޭގައި ހިމެނޭ 45 އަހަރުން ދަށުގެ އަންހެނުންގެ މަހުރަމުންގެ ގޮތުގައި ޖާގަ ދީފައިވާ މީހުން ހިމެނެ އެވެ.

ހައްޖަށް ދިއުމަށް ދޫކުރި ޖާގަތަކަށް ކުރިމަތިލާފައިވާ އެ އެންމެންގެ އައިޑީކާޑު ނަމްބަރު ހިމެނޭ ލިސްޓެއް ހައްޖު ކޯޕަރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.

އެ ކޯޕަރޭޝަނުން ބުނީ، ކޯޓާ އިން ޖާގަ ލިބިފައިވާ މީހުން، ހައްޖު ކޯޕަރޭޝަނުގެ އޮފީހަށް ގޮސް، “ހައްޖަށް ވަޑައިގަތުމުގެ ދައުވަތު” ނަގައި، މުއްދަތު ހަމަވާ ތާރީޚުގެ ކުރިން އެ އަށް ޖަވާބު ދިނުމަށް އެދޭ ކަމަށެވެ.. އަދި ޖަވާބު ނުދޭ މީހުންގެ ޖާގަތައް، ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުން، ޖެހިގެން އޮންނަ މީހާ އަށް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©