މުޙައްމަދު އަންވަރު
07 July 2019
މަޤްބޫލު ޙަބަރު

އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ގުޅިގެން ޖެންޑާރ މިނިސްޓްރީން ތަހުގީގް ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ ތިމާގެ މީހަކު ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ  ރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެ މައްސަލައާ ގުޅިގެން ފުލުހުނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް އެއަތޮޅު ހޮސްޕިޓަލަކަށް އެ ކުއްޖާ ގެންގޮސް ޑޮކްޓަރަށް ދައްކައި ޓެސްޓް ހަދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

 

Leave a Reply

Your email address will not be published.

haftha.mv ©