މުޙައްމަދު އަންވަރު
07 July 2019
މަޤްބޫލު ޙަބަރު

ހދ. ކުޅުދުއްފުށި ޓާފް ދަނޑުގައި އަލިފާން ރޯކޮށްލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ކުޅުދުއްފުށި ޓާފް ދަނޑުގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 7:59 ހާއިރު ކަމަށާއި 8:10 ގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ރޯވުމުގެ ސަބަބުން ޓާފް ދަނޑަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ފުޓްސަލް ޓާފް ދަނޑުގައި ރޯވެފައިވަނީ، އެ ދަނޑުގައި އަޅާފައިވާ ޓާފް މައްޗަށް އަޅާ ރަބަރު ހުސްވުމުގެ ސަބަބުން ބޭނުން ނުކޮށް ހުންނަތާ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ. އަދި އަލުން އެ ދަނޑު ބޭނުން ކުރެވޭނީ މަރާމާތު ތަކެއް ކުރުމަށް ފަހުގަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©