ނަސްވާ ހަސަން
08 July 2019
މަޤްބޫލު ޙަބަރު

އައިޖީއެމްއެޗުން ކުރާ ކަކުލުގެ އޮޕަރޭޝަންތަކުގެ ވެއިޓިން ލިސްޓު ދިގުވެފައި ވުމުގެ ސަބަބުން، އާސަންދަ އާއި އައިޖީއެމްއެޗު އަދި ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓްރީޓޮޕް އަދި މެޑިކާގައި ފުރަތަމަ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އިއްޔެ ކޮށްފިއެވެ.

ޓްރީޓޮޕް އަދި މެޑިކާ ހޮސްފިޓަލުންވެސް މި އޮޕަރޭޝަންތަކަށް ކަނޑައަޅައިފަ ވަނީ 65،000 ރުފިޔާގެ ޕެކޭޖެކެވެ. މި ޕެކޭޖަކީ އާސަންދައިން ކަވަރު ކުރާ ޕެކޭޖެކެވެ.

ޓްރީޓޮޕުން ބުނީ އިއްޔެގެ އޮޕަރޭޝަން، ކުރިއަށް ގެންދިޔައީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސައިން ފައިސަލް އާއި ހޭނައްތާ ޑޮކްޓަރު، ޑރ. އަމްރު ސަފްވަތު ކަމަށެވެ.

އަދި ޓްރީޓޮޕްގައި އޮޕަރޭޝަންކުރި ބަލިމީހާގެ އާއިލާ އާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.

އޭގެ އިތުރުން އިއްޔެ މެޑިކާގައި ވެސް މި އޮޕަރޭޝަންކުރިއިރު، އޮޕަރޭޝަން ކުރި ބަލި މީހާގެ އާއިލާ އާއި އައިޖީއެމްއެޗުގެ ސީއީއޯ އަދި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މެޑިކާ ހޮސްޕިޓަލުގެ ޑިރެކްޓަރު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©